ބަންގަލަދޭޝް ނޫސްތަކުން ބުނީ މި ތަކެތި އަތުލައިގަތީ މި މަހުގެ 18 ވަނަ ދުވަހު، ޔޫއެސް-ބަންގްލާ އެއާލައިނުގެ ފްލައިޓަކުން ރާއްޖޭން ދިޔަ އެ ގައުމުގެ ދެ ފިރިހެނުންގެ އަތުން ކަމަށެވެ.
ފުރަސްގަސްފަރާތުގައި ފޮރުވައިގެން އެ ގައުމަށް އެތެރެކުރަން މަސައްކަތް ކުރި ރަންތައް ހުރީ ރަން ބިސްތަކެއްގެ ސިފައިގައި ކަމަށާއި މިތަކެތި އަތުލައިގަތީ ޑާކާގެ ކަސްޓަމްސްގެ އޮފިޝަލުންކަމަށް ނޫސްތަކުން ބުނެ އެވެ.
އެމީހުންގެ އަތުން އޭގެ 6 އެތި ފެނިފައިވާކަމަށާއި އެ ތަކެތީގެ ބަަރުދަނުގައި 2.7 ކިލޯ ހުރިކަމަށް ބަންގަލަދޭޝް ނޫސްތަކުން ބުނެ އެވެ. އަދި އޭގެ އަގު ދިވެހި ރުފިޔާއިން 5 މިލިއަނަށް އަރާކަމަށާއި އެއީ ބަންގްލަދޭޝް ފައިސާއިން ބަލާނަމަ 4 ކްރޯޑު ޓާކާކަމަށް ނޫސްތަކުން ބުނެ އެވެ.
މި ރަންތައް ބެލުމުގެ މަސައްކަތް ކަސްޓަމުން ކުރަމުން އަންނައިރު މި ތެކޓިގެ އަގު އެއަށްވުރެ މައްޗަށް އެރުން އެކަށީގެންވާކަމަށްވެސް ނޫސްތަކުން ބުނެއެވެ. އަދި މި ތަކެތި އެތެރެކުރި ދެ ފަސިންޖަރުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަރުހަލާ ފަށާފައި ކަމަށްވެސް މީޑިއާތަކުން ބުނެ އެވެ.