ads
އިންޑިއާ ކަނޑުގައި ހާލުގައިޖެހުނު އީރާނުގެ 40 ފަޅުވެރިއަކު ސަލާމަތްކޮށްފި
އިންޑިއާ ކަނޑުގައި ހާލުގައިޖެހުނު އީރާނުގެ 40 ފަޅުވެރިއަކު ލަންކާއިން ސަލާމަތްކޮށްފި
އިންޑިއާ ކަނޑުގެ ބައިނަލްއަގުވާމީ ސަރަހައްދެއްގައި ހާލުގައިޖެހުނު އީރާނުގެ 40 ފަޅުވެރިއަކު، ސްރީލަންކާގެ މެރިޓައިމް ކަމާބެހޭ ފަރާތްތަކުން ސަލާމަތްކޮށްފި އެވެ.
Advertisement

މިއީ ކަނޑުމަތިން ފޮނުވި އެމަޖެންސީ ޑިސްޓްރެސް ކޯލަކަށް އިޖާބަދީގެން ސްރީލަންކާގެ މެރިޓައިމް އޮތޯރިޓީން ކުރިއަށްގެންދިޔަ ހާއްސަ މަސައްކަތެކެވެ.

ސްރީލަންކާ ކައިރީގައިވާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރުގައި ހާލުގައިޖެހިފައި ތިބި އީރާނުގެ ނާވިކުންނަށް، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބޭނުންވާ މުހިންމު ސިއްހީ ފަރުވާ ނުވަތަ ކްރިޓިކަލް މެޑިކަލް ކެއާ ފޯރުކޮށްދީފަ އެވެ. މި ހާދިސާގައި ހާލުގައިޖެހުނު 40 ނާވިކުންނަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކަނޑުމަތީގައާއި ސަލާމަތްކުރުމަށްފަހުގަ އެވެ.

އިންޑިއާ ކަނޑުން ސަލާމަތްކުރެވުނު އީރާނުގެ ފަޅުވެރިން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ސްރީލަންކާގެ ގޯލް އަށެވެ. ގޯލްގެ އެއްގަމަށް އެ މީހުން ގެންދިއުމަށްފަހު، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރިކަމާއެކު އެ އެންމެން ވަނީ އީރާނުގެ ތެހެރާނަށް އަނބުރާ ފޮނުވާލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް