ads
ސައޫދީ ދިފާއުކުރަން މިސްރުގެ އަސްކަރިއްޔާ ފޮނުވަން މަޖިލީހުން ހުއްދަދީފި
ސައުދީ ދިފާއުކުރަން މިސްރުގެ އަސްކަރިއްޔާ ފޮނުވަން މަޖިލީހުން ހުއްދަދީފި
ސައުދީ އަރަބިއްޔާ ދިފާއުކުރުމަށްޓަކައި މިސްރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ، އެ ގައުމުގެ ރައީސް އަބްދެލް-ފައްތާހް އަލް-ސީސީއަށް ދިނުމަށް މިސްރުގެ ގާނޫނުހަދާ މަޖިލީހުން ރަސްމީކޮށް ވޯޓުދީ ފާސްކޮށްފި އެވެ.
Advertisement

މިސްރުގެ މަޖިލީހުން މި ގޮތަށް ނިންމާފައިވަނީ ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުން އެ ގައުމު ރައްކާތެރިކޮށް، ސައޫދީގެ ދިފާއުގައި މިސްރުގެ އަސްކަރިއްޔާ ހަރަކާތްތެރިވުމަށް މަގުފަހިކުރުމުގެ މަގުސަދުގަ އެވެ.

މިސްރުގެ ގާނޫނުހަދާ މަޖިލީހުން ރައީސް އަބްދެލް-ފައްތާހް އަލް-ސީސީއަށް މި ހުއްދަ ދިނުމަށް ރަސްމީކޮށް ވޯޓު ދީފައިވަނީ، ހޫތީން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ. ހޫތީންގެ މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުންދަނީ ސައޫދީ އަރަބިއްޔާގެ މުހިންމު ރަށްތަކަށާއި، އެ ގައުމުގެ އެއާޕޯޓުތަކުގެ އިންފްރާސްޓްރަކްޗާތަކަށެވެ. މިފަދަ ހަމަލާތައް އިތުރުވަމުންދިއުމުގެ ސަބަބުން ސައޫދީގެ ދިފާއީ ކަންކަން ވަރުގަދަކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.

މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ މި ނިންމުމާއެކު، ސައުދީ އަރަބިއްޔާއަށް ކުރިމަތިވެފައިވާ ހޫތީންގެ މިސައިލް އަދި ޑްރޯން ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށްޓަކައި މިސްރުގެ އަސްކަރީ ބާރުތައް ފޮނުވުމާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ގާނޫނީ އިޚުތިޔާރު ރައީސް ސީސީއަށް ވަނީ ލިބިވަޑައިގެންފައެވެ. މިއީ ސައޫދީގެ މުހިންމު ސިޓީތަކާއި އެއާޕޯޓްތަކަށް ދެވޭ ހަމަލާތަކުން އެ ގައުމު ރައްކާތެރިކުރުމަށްޓަކައި އަޅާ މުހިންމު އަސްކަރީ ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް