ads
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް
މެންބަރުން ހުށަހަޅާ ގަރާރަށް ވޯޓަށް ފަހު ބަހުސްކުރަން ފާސްކޮށްފި
ވެރިކަން ކުރާ ޕީއެންސީއިން ބޭނުންވި ގޮތަށް، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހުށަހަޅާ ގަރާރަށް ބަހުސްކުރަން ފެށުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

އެގޮތަށް މަޖލިހުގައި ގަވއިދަށް ބަދަލު ގެންނަން ހުށައެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު އެވެ. 

އޭނާ ހުށައެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ 56 މެމްބަރުންގެ ތާއީދާއެކު އެވެ. އެ ބަދަލާއި ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 11 މެމްބަރުންނެވެ. ރައްޔިތުން މަޖިލިހުގެ ގަވައިދަށް އެ ބަދަލު ނުގެންނަން ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއްވެސް ހުށައެޅުއްވި އެވެ. އެހެންނަމަވެސް ޕީއެންސީ މެމްބަރުންވަނީ އެ އިސްލާހު ބަލައިނުގަތުމަށް ފެންނަކަމަށް ވޯޓް ދެއްވާފައެވެ.

ހަންނާނު ހުށައެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ އިސްލާހުކޮށް އެ މާއްދާއަށް ނަމްބަރެއް އިތުރުކުރާށެވެ. 

އެގޮތުން އެ އިސްލާހުގައި ވަނީ ގަރާރު ބަލައިގަންނަން ވޯޓަ އަހާނީ ގަރާރުގެ ބަހުސް ފެށުމުގެ ކުރިންކަމަށެވެ. އަދި ގަރާރު ބަލައިގަންނަން ފެންނަކަމަށް ފާސްވެއްޖެނަމަ އިބްތިދާއީ ބަހުސްކުރުމަށްފަހު އެ ގަރާރު ދެން ދަތުރުކުރާނީ އެގަރާރާ ގުޅޭ ކޮމެޓީއަށް ކަމަށެވެ. އަދި ގަރާރު ބަލައިގަންނަން ފެންނަކަމަށް ފާސްވެއްޖެނަމަ އެ ގަރާރު ބާތިލުވީކަމަށާއި އެ ގަރާރާއި މެދު ބަހުސްކުރުން ނޯންނާކަމަށްވެސް ހަންނާނު ހުށައެޅުއްވި އިސްލާހުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް