އަބްދުއްރަހީމް މިހެން ވިދާޅުވީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ސަރުކާރުން ހުށައެޅި އިސްލާހަށް މަޖިލީހުގައި މިއަދު ހިނގި ބަހުސްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ދައުލަތަސް ލިބޭ ފައިސާއިން ސަރުކާރުން ކުރަނީ ކޮންކަމެއްތީ ވަރަށް ގިނަ މަމެބްރުން ރިޔާސަތާ ސުވާލުކުރަމުން އަންނަކަމަށެވެ. ރިޔާސަތުގައި އިންނަ މީހަކަށް މަޖިލީހުގައި ހިނގާ ބަހުސްގައި ބައިވެރި ނުވި ނަމަވެސް މެމްބަރުން އެ ސުވާލުކުރާތީ ޖަވާބު ދެއްވަމް ޖެހޭކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ ފައިސާ ހޯދައިގެން އެކު ބޭފުޅުން ކުރާނީ އެކި ކަންކަން ކަމަށެވެ. އެގޮތުން ދައުލަތަށް ފައިސާ ހޯދައިގެން ރައިސް މުއިއްޒު ކުރެއްވި ކަމަކީ އެ ފައިސާއިން ގައުމު ސަލާމަތްކުރެއްވުމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު ސަލާމަތުން އޮތް ގައުމެއް މި ލިބުނީ އެ ފައިސާއިން އެކަންކަމަށް އެމަގުން ހަރަދުކުރުމުންކަމަށެވެ. އަދި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ރައްޔިތުންނާއި ކޮށްދެމުންދާ ކަންތައްތަކަކީ އެއީކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.