ads
ބަނޑޭރި ކޮށީގެ އެޕާޓްމެންޓް މީގެ ކުރިން ހުސްކުރަނީ.. ފޮޓޯ / ސަން
ބަނޑޭރިކޮށި ހަދަން ތަން ހުސްކުރަން އެތާ އުޅޭ މީހުންނާ ވާހަކަ ދައްކަނީ
ބަނޑޭރިކޮށި ހަދަން އެތަން ހުސްކުރަން ޖެހޭތީ އެތާ ދިރިއުޅޭ މީހުންނާ ވާހަކަ ދައްކަން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެ ފިއެވެ.
Advertisement

ސިފައިންގެ ބައެއް އާއިލާތައް މިހާރު ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދު ތަޅާލާ ސިފައިންގެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެ ސަރަހައްދުގައި ހައުސިން މަޝްރޫއުއެއް ފައްޓަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވީ މިދިޔަ މޭމަހުގެ 9 ވަނަ ދުވަހުގެ ރެއެވެ. ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ކުރިޔަށް އޮތް އަސްމަގުގެ ތެރޭގައި ފައްޓަވާނެކަަމަށެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތި އެކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށްޓަކައ،ި މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. 

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެފަރާތްތަކަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މަޢުލޫމާތު ހިއްސާކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަށް އަޑުއަހ،ާ ހައްލުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފްއިން ބުނެ އެވެ. 

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު މިހާރު ބަނޑޭރި ކޮށި 1 ގައި ދިރިއުޅެމުންދާ ފަރާތްތައް އަލަށް ތަރައްޤީކުރެވޭ އެޕާޓްމަންޓް ތަކަށް ބަދަލުކުރާ ގޮތަށްކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

މި މަޝްރޫއު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ހިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް