ads
ތިނަދޫ ޑްރަގު އޮޕަރޭޝަންގައި އަތުލައިގަތް މީހުން
ތިނަދޫ ސިޓީ ޑްރަގު އޮޕަރޭޝަން، އަތުލައިގަތް މީހުން ވަނަވަރު ހާމަކޮށްފި
ތިނަދޫ ސިޓީ ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނުގައި އަތުލައިގަތް މީހުން ވަނަވަރު ހާމަކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / މިނިވަންއައްސޭރި، އަހްމަދު ހާޝިމް (36އ) އާއި ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަހްމަދު (25އ) އާއި ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު އަބްދުﷲ (42އ) އަދި ގދ. ގައްދޫ / ފުސްފަރާގެ، މުހައްމަދު ޝާއިފް ޖަލީލް (18އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމްކަމަށް ފުލުހުން ބުނެ އެވެ.

 މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް