ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 2026ގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އޮފިޝަލުން ހޯދުމަށް އިލްކެޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

Advertisement
އެ ކޮމިޝަނުން ބުނީ ހއ.ވަށަފަރު، ވ.ތިނަދޫ ، ސ.ހުޅުދޫ، މާލެ އަދި ހުޅުމާލޭގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅޫވާލާފައިވާކަމަށެވެ.
ލިބޭ އެލަވަންްސް
- ވޯޓުލާ މަރުކަޒުގެ ވެރިޔާ ، 2200 ރުފިޔާ / އިތުރުގަޑި ގަޑިއިރަކަށް 100 ރުފިޔާ
- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ 1900 ރުފިޔާ / އިތުރުގަޑި ގަޑިއިރަކަށް 75 ރުފިޔާ
- ވޯޓުލާ މަރުކަޒުގެ އޮފިޝަލް 1800 ރުފިޔާ / އިތުރުގަޑި ގަޑިއިރަކަށް 50 ރުފިޔާ
- ރިޒާވް އޮފިޝަލް 1000 ރުފިޔާ