ads
ނަޝީދު "80ގެ ކުރީކޮޅު" ފޮތް ނެރުމުގެ ތެރެއިން.. ފޮޓޯ/ އަދަދު
ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް "80ގެ ފަހުކޮޅު" ނެރެފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަތައް "80ގެ ފަހުކޮޅު" ނެރެފި އެވެ.
Advertisement

ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ނަޝީދުގެ ބޮޑުދައިތާފުޅު ޒުހައިރާ އުމަރެވެ. މި ފޮތް ވިއްކަނީ 250ރ. އަށެވެ. 

ނަޝީދުގެ މި ކުރުވާހަކަ ފޮތުގައި އޮންނަނީ ފަސް ވާހަކައެކެވެ. އެއީ "ޗާލާ ޒަމާން"އާއި "ހިތާއި ހިތުގެ ގުޅުން"އާއި "މޫސަބަރު"އާއި "ގައުމީ މަޝްރޫއު"އާއި "ރީތި ހަދިޔާ"އެވެ.

މި ފޮތް ނެރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ފޮތުގައި ހިމެނޭ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 1980ގެ ފަހުކޮޅު އަދި 90ގެ ކުރީކޮޅު ކަމަށެވެ. އެހެންކަމުން އޭގައި އެމަނިކުފާނު ނުޅޭނެކަމަށެވެ. 

"އަޅުގަނޑު މި ވާހަކަތައް ލިޔުނީ 94ގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭ ބަންދަށް ބަދަލުކުރިތަނާ، އެހެންވީމާ ހަމަ ކަށަވަރުން ވެސް ރައީސް ނަޝީދެއް މިއަކު ނޫޅޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޗާޕުގެ، "އޯޝަން ފަބްލިޝާޒް" އިން ނަޝީދާ ހަވާލާދީ ބުނީ ވިއްކަން ވާހަކަ ފޮތްތަކެއް ނެރެނީ ތަކެތީގެ އަގު ބޮޑުވުމާއި ކުރީގެ ރައީސުންގެ އެލަވަންސްގެ ބޮޑު ބައެއް މިހާރު ކަނޑާލާފައިވުމުން މިވަގުތަށް އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމަށް ކަމަށެވެ. 

ނަޝީދުގެ ފޮތުގައި ބަތަލަކީ  ކުރުސީ، ބަނޑެއް ބުޑެއްވެސް ނުހުންނާނެ 

"މިވާހަކަތަކުގެ ބަތަލަކީ ހަމަކަށަވަރުން ވެސް އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ހަސަން ކުރުސީއެއް ނޫނެވެ. މިޒާޖު ވެސް އަދި ތޮބިއްޔަތު ވެސް މާ ބޮޑަށް ތަފާތެވެ،" ޕޯސްޓަރުގައިވެ އެވެ.

މީގެއިތުރުން ހަސަން ކުރުސީގެ ސިފަތައްވެސް ވަނީ ކިޔާ ދީފަ އެވެ. އެގޮތުން ހަސަން ކުރުސީ ހިކި ވާނެކަމަށާއި  ބަނޑެއް ނެތް ތާނގައި ބުޑެއްވެސް ނެތްކަމަށް ވަނީ ބުނެފަ އެވެ. އަދ.ި އޭނާ ދިގެއް ނުވާނެ ކަމަށާއި އެއީ އިސްތަށި ގިނަވެފައި މިހާރު އުމުރުން ތިރީހަށް އަޅާފައިވާ މިހެއްކަމަށްވެސް ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް