މިކަމާ ގުޅޭގޮތުން އެކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. މި ދަތިތަކާއެކުވެސް މޯލްޑިވް ގޭހުގެ ޚިދުމަތް މެދުނުކެނޑި ރައްޔިރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީގެ ގޭސްފުޅިތައް ބަރުކުރާ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފައިވާކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
ގޭސް ބަރުކުރާ މިންވަރަށް ގެނެސްފައިވާ ބަދަލުތައް:
މި ބަދަލު ގެނައި ނަމަވެސް، ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. އެގޮތުން ކަސްޓަމަރުންގެ އަތުން އަގު ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް އެކަންޏެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢު ނިމުމުން، އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި، ކުރިމަތިވެފައިވާ މި ދައްޗަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.
މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.