މި ހަމަލާތަކުގައި ސައިބަރ ކުށްވެރިން ވަނީ ސުޕަމާކެޓުތަކުގައި ހުރި ފްރީޒަރުތަކުގެ ސިނާއީ ފިނިކުރާ އޮޕަރޭޝަނަލް ކޮންޓްރޯލްތަކަށް އަމާޒުކޮށް، އެ ނިޒާމުތަކަށް ނުފޫޒު ފޯރުވާފައެވެ.
މި ހަމަލާގެ ސަބަބުން ފްރީޒަރުތަކުގައި ތަކެތި ރައްކާކޮށްފައި ހުރި ފިނިހޫނުމިން ވަނީ މަތިވެފައެވެ. ފިނިހޫނުމިން މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، އައިސްއަލަމާރިތަކުގައި ގުދަންކޮށްފައި ހުރި ގަންދީފައިވާ ކާބޯތަކެތީގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. އަދި މުޅި ޔޫރަޕުގެ އެކި ސުޕަމާކެޓުތަކުގައި ހުރި ގަންދީފައިވާ ކާބޯތަކެތީގެ ސްޓޮކްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ސެކިއުރިޓީ އޭޖެންސީތަކުން ވަނީ ހާއްސަ އިންޒާރެއް ނެރެފައެވެ. އެ އޭޖެންސީތަކުން ހާމަކުރި ގޮތުގައި، އޮޕަރޭޝަނަލް ޓެކްނޮލޮޖީ ނިޒާމުތަކަށް މިފަދައިން ވަދެގަނެ ސައިބަރ ހަމަލާތައް ދިނުމަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތި ފޯރުކޮށްދޭ ސަޕްލައި ޗޭންތަކަށް ކުރިމަތިވަމުންދާ އާ އަދި ނުރައްކާތެރި ތަހުދީދެކެވެ.