ads
ހުޅުޖަހަން ގޮވާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ހުޅުޖަހަން ގޮވި ޖުމާންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި
ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އަޑުއުފުލައި، ރާއްޖޭގެ އިމާރާތްތަކުގައި އަލިފާން ރޯކޮށް ވިޔަފާރިތައް ލޫޓުވަން ސޯޝަލް މީޑިއާގައި ގޮވާލި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.
Advertisement

ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ އަލީ ޖުމާން އެވެ. އޭނާ ބަންދު ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހާފަ އެވެ. މީ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރުއެވެ. މީގެކުރިން އޭނާގެ ބަންދަށް ޖެހީ 12 ދުވަހެވެ. 

ސޯޝަލް މީޑިއާގައި "ޑެތު" ގެ ނަމުގައި ހަރަކާތްތެރިވާ ޖުމާންއަކީ، މިދިޔަ މެއި މަހު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ.

މީގެ އިތުރުން، ސަރުކާރުގެ މުހިންމު ތަންތަނުގައި ހުޅުޖެހުމަށް ހިތްވަރުދީ ވާހަކަދެއްކި މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ދާދިފަހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް