ads
މިނިސްޓަރު މުހައްމަދު ސައީދު
އެންމެ ގިނަ ފޮރިން އިންވެސްޓްމެޓް ރާއްޖެ ގެނެސް މި ސަރުކާރުން ވަނީ ރެކޯޑް ހަދާފައި: ސައީދު
އެންމެ ގިނަ ފޮރިން އިންވެސްޓްމެޓް ރާއްޖެ ގެނެސް ތިން އަހަރު ނުވާ މި ސަރުކާރުން ރެކޯޑް ހަދާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

އިތުބާރުނެތްކަމަުގެ މައްސަލާގައި އިއްޔެ ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ފެހި ގާނޫނު އަސާސީން އެންމެ ދިގު މުއްދަތަކަށް އިކޮނޮމިކް މިނިސްޓަރުކަން ކުރެެއްވީ އެމަނިކުފާނުކަމަށައި ފަހްރުވެރިކަމާއި އެކު އެކަން ފާހަގަ ކުރައްވާކަމަށެވެ. 

ސައީދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށް ރާއްޖެއިން ބޭރުގައިި އިންވެޓްމަންޓް ފޯރަމް ބާއްވަން ފެެއްޓެވީ އެމަނިކުފާނުކަމަށާއި އަދި އެމަނިކުފާނުގެ ވަޒީރުކަމުގައި ޕީޕީއެމްގެ ވެރިކަމާއި ޕީއެންސީގެ ވެރިކަމުގައިވެސް އިގްތިސާދީ ގޮތުން ބޮޑެތި ކުރި އެރުންތަކެއް ހޯދާފައިވާކަމަށެވެ. 

އެގޮތުން އެމްޑީޕީގެ ދުރަތަމަ ވެރިކަމުގައި 2008 އިން 2013 އަށް ރާއްޖެއަށް ގެނެވުނީ އެންމެ 211 ބޭރުގެ އިންވެސްޓްމަންޓްކަމަށް ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޖެހިގެން އައި ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް އެމަނިކުފާނު ހުންނަވާ ފަސް އަހަރު ދުވަހުގެ ތެރޭގައި 406 ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގައި ރެޖިސްޓްރީކުރިކަމަށް ސައީދު ވިދާޅުވި އެވެ. 

މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ފަސް އަހަރު ދުވަހު ރާއްޖެއަށް ގެނެވުނީ އެންމެ 245 ބޭރުގެ އިންވެސްޓްމަންޓްކަމަށާއި މި ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓް ގެނައުމުގައި މިހާރުވެސް ރެކޯޑް ހަދާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދެ އަހަރާއި ބައިވަމުން ގޮސް ތިން އަހަރު މިވާ ސަރުކާރުން، އަދި ތިން އަހަރު ނުވެ މިއުޅެނީ، 17 ނޮވެމްބަރު 2023 އިން ފެށިގެން މިއާ ދުވަސްތަކުގެ ތެރޭގައި 313 އިންވެސްޓްމަންޓް ރެޖިސްޓްރީކޮށް ރެކޯޑެއް ހައްދަވާފައި އެވަނީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ގިނަ ގިނައިން އިންވެސްޓްމަންޓް ފޯރަމް ބާއްވަން ޖެހޭކަމަށާއި މިހާރު ބާއްވަމުން އަންނަ އަދަދު އެމަނިކުފާނަށް މާ ބޮޑަށްވެސް މަދުކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް