ads
އައިސްކްރީމް
އައިސްކްރީމްގެ ރަހަބަލައިގެން މުސާރައަށް 30000 ޑޮލަރު ލިބޭ ވަޒީފާ އަށް މީހަކު ހޮވައިފި
އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސްނޫޕް ޑޯގްގެ އައިސްކްރީމް ބްރޭންޑްގެ ރަހަބަލާ މީހެއްގެ ވަޒީފާއަށް، 350،000 އަށް ވުރެ ގިނަ މީހުންނާ ވާދަކޮށް އޮސްޓްރޭލިއާގެ ވައިލިން ކުޅުންތެރިއަކު ހޮވިއްޖެ އެވެ.
Advertisement

ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ވަޒީފާއަށް ހޮވިފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެނަބެލް ޓްރޭވްސް އެވެ.

އެނަބެލް ހޮވިފައިވަނީ ސްނޫޕް ޑޯގްގެ "ޑރ. ބޮމްބޭ" އައިސްކްރީމް ބްރޭންޑްގެ އިންޓަނޭޝަނަލް އޮފިޝަލް ޓޭސްޓަރުގެ މަގާމަށެވެ. މިއީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ވަޒީފާއެކެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާއަށް މުސާރައިގެ ގޮތުގައި 30،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 462،000 ރުފިޔާ) ލިބޭނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

your imageއޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެނަބެލް ޓްރޭވްސް

މި ވަޒީފާއަށް މީހުން ހޮވުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިލައްކައަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަ އެވެ. އެނަބެލް މި ވަޒީފާ ކާމިޔާބު ކުރީ އޭނާގެ މާމައާ އެކު ވައިލިން ކުޅެ، ސްނޫޕް ޑޯގްގެ މަޝްހޫރު ލަވަ "ޔަންގް، ވައިލްޑް އެންޑް ފްރީ" ހުށަހަޅައިދީގެން ތައްޔާރުކުރި ތަފާތު އަދި ފާހަގަކޮށްލެވޭ ވީޑިއޯ އެޕްލިކޭޝަނަކުންނެވެ.

މި އުފާވެރި ކާމިޔާބީއާ ގުޅިގެން އެނަބެލް ބުނީ، މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި ވަޒީފާ ކަމަށެވެ. އަދި މާމައާ އެކު ކުރި މަސައްކަތުން މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މި ވަޒީފާގެ ދަށުން އެނަބެލް ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ "ޑރ. ބޮމްބޭ" އިން އަލަށް ބާޒާރަށް ނެރޭ އައިސްކްރީމްތަކުގެ ރަހަ ބަލައި، އެ ތަކެއްޗާ ބެހޭ ގޮތުން ހިޔާލު ދިނުމެވެ. އަދި ބްރޭންޑް އިތުރަށް ޕްރޮމޯޓް ކުރުމަށްޓަކައި ސޯޝަލް މީޑިއާ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް