ads
ޓޮމް ހޮލެންޑް
ޓޮމް ހޮލެންޑް އަށް 10 އަހަރު ދުވަހުގެ ތެރޭގައި 15.5 ބިލިއަން ޑޮލަރު
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޮލެންޑް މުހިންމު ރޯލުތައް ކުޅެފައިވާ ފިލްމުތަކުން ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް ގާތްގަނޑަކަށް 15.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، އޭނާ ބޮޑު ތާރީހީ ކާމިޔާބީއެއް ހާސިލުކޮށްފި އެވެ.
Advertisement

އިންޓަނޭޝަނަލް މީޑިއާތަކުގައި ދައުރުވަމުންދާ ރިޕޯޓުތައް ބުނާ ގޮތުގައި، މިއީ ހޮލީވުޑްގެ ތާރީހުގައި ވެސް ލީޑް އެކްޓަރެއްގެ ފިލްމުތަކުން ޖުމްލަކޮށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ރެކޯޑެވެ.

މި ބޮޑު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ސްޕައިޑާމޭން ފްރެންޗައިޒްގެ ފިލްމުތަކާއި މާވެލް ސިނެމެޓިކް ޔުނިވާސްގެ މަގުބޫލު ފިލްމުތަކަށެވެ. މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން މާވެލްގެ ސްޕައިޑާމޭންގެ ގޮތުގައި އާންމުންގެ ތެރެއަށް ތައާރަފުވި ހޮލެންޑް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ސުޕަސްޓާރުގެ މަގާމު ހޯދާފައެވެ.

އުމުރުން އެންމެ 30 އަހަރުގައި ހޮލެންޑް ހޯދި މި ކާމިޔާބީއަކީ ހޮލީވުޑްގެ ފަންނާނުންނަށް ވެސް ހައިރާންކަން ގެނުވި ކަމެކެވެ. އިންޓަނޭޝަނަލް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ އެންމެ ދިހަވަރަކަށް އަހަރު ތެރޭގައި މިފަދަ ބޮޑު އާމްދަނީއެއް އޭނާގެ ފިލްމުތަކުން ހޯދިއިރު، ކުރިއަށް އޮތް ތަނުގައި އޭނާގެ ކެރިއަރުގައި އިތުރު ކާމިޔާބީތަކެއް ހާސިލުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ސިނަމާތަކުގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހޮލެންޑް ވަނީ މާވެލްގެ ފިލްމުތަކުގެ އިތުރުން އެހެން ޖޯންރާތަކުގެ ފިލްމުތަކުން ވެސް އޭނާގެ ހުނަރު ދައްކުވައިދީ، ބެލުންތެރިންގެ އިތުބާރު ހޯދާފައެވެ. އޭނާގެ ފިލްމުތަކަކީ އަބަދުވެސް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބޭ އުފެއްދުންތަކެއްގެ ގޮތުގައި މީޑިއާތަކުން ފާހަގަކުރެއެވެ.

އިތުރު ބޮޑެތި ފިލްމުތަކެއްގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކަށް ރޭވިފައިވުމާއެކު، ހޮލެންޑްގެ ފިލްމުތަކުން ލިބޭ ޖުމްލަ އާމްދަނީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވެސް ބޮޑަށް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް