ކިމްމަރީ މަރުވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވީ ހިތުގެ ނާރު ދުޅަވެ ފުއްޕާ ބައްޔެއް ކަމަށްވާ "ހާޓް އެނިއުރިޒަމް" ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.
މޮޑެލް އެއްގެ ގޮތުގައި ކެރިއަރު ފެށި ކިމްމަރީ ވަނީ މަޝްހޫރު ރީތީގެ މުބާރާތް ކަމަށްވާ މިސް ޔޫއެސްއޭ ގައި ވާދަކޮށް ބޮޑު ސަމާލުކަމެއް ހޯދާފައެވެ. އެއަށްފަހު އޭނާ ވަނީ އެކްޓިން ދާއިރާއަށް ނުކުމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.
ކިމްމަރީގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ބުނީ، އޭނާގެ ވަކިވުމަކީ އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށާއި، މި ބައްޔާ ކުރިމަތިލާން ޖެހުނީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ.
މަޝްހޫރު ޝޯތަކުން ފެނިގެންދިޔަ ހުނަރުވެރި ތަރި ކިމްމަރީ ޖޯންސަންގެ ކުއްލި ވަކިވުމާއެކު، ހޮލީވުޑްގެ ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން އަންނަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.