ads
ވިއެޓްނާމަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވުން
ވިއެޓްނާމަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެ އިން ވިއެޓްނާމްއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނައީމް ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ޓޯ ލާމް، އަށް އަރުވައިފި އެވެ.
Advertisement

ހަނޯއީގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވި އެވެ. އަދި ސަފީރުންގެ މަސައްކަތަށް ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ސަފީރު މިދްފާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވި އެވެ.

ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 18 ޖޫން 1975 ވަނަ އަހަރުއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް