އެ ޗެލެންޖް ހަތަރު ޓީމާއެކު އިއްޔެ ވަނީ ފަށައިފަ އެވެ. މުޅިއަކު ހަ ބުރު ހިމެނޭހެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ބައިވެރިވެފައިވަނީ ސީއެޗްއެސްއީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން ބައިވެރިވި ޓީމްތަކެވެ.
ބަހުސް މުބާރާތުގެ ފައިނަލަށް އަހުމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ ހޮވުނުއިރު ފައިނަލް ބަހުސް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.
އެމްްއެމްއެމްއިން ބުނި ގޮތުގައި، އިގްތިސާދީ އެކިއެކި މައުލޫއުތަކާއި އިޖްތިމާއީ/ އިގްތިސާދީ މައުލޫއުތަކަށް އިއްޔެގެ ބަހުސްގައި ބައިވެރިން ވަނީ ބަހުސް ކޮށްފަ އެވެ.
މިއީ މިދިޔަ އަހަރު އެމްއެމްއޭއިން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ތެރެއިން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ.
މި މުބާރާތުގެ މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަދެއްކުމުގެ ހުނަރު ތަރައްގީ ކުރުން ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭއިން ވިދާޅުވީ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގައި ފައިނަލް އޮންނާނީ 10 ނޮވެންބަރުވާ އަންގާރަ ދުވަހުގައި ކަމަށެވެ.