މަޖިލީހުގެ ޖަލްސާތައް އޮންނަނީ ހެނދުނު 9:00 ޖަހާއިރު އެވެ. އެހެނަމަވެސް މިއަދުގެ ޖަލްސާ މެންދުރު ފަހު 2:00 ބަދަލުކުރިކަން މަޖިލީހުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ސަބަބެއް ހާމައެއް ނުކުރެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުން ވަނީ ހަތަރު ބިލެއް ހުށައަޅާފަ އެވެ. މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ އިތުރުން އިމިގްރޭޝަން ބިލްގެ އިތުރުން ރިއަލް އެސްޓޭޓް ބިލެއް ހިމެނެއެވެ
މީގެއިތުރުން އަންނަ އަހަރަށް ދައުލަތުން ހުށައެޅި ބަޖެޓްގެ ބަހުސް މަރުހަލާ މިއަދު ފަށަން ވަނީ ނިންމާފަ އެވެ.
މަޖލީހުގެ ޖަލްސާ މެންދުރުފަހަށް ބަދަލުކުރިއިރު މިއަދު ހެނދުނު ރައިސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންނާއި ބައްދަލުކުރަން ނިންމަވާފަ އެވެ.