ads
ވާހަކަ އަކީ މީގެ ޕޯސްޓަރެއް
ވާހަކަ ކިޔާދީގެން 5000 ރުފިޔާ ހޯދުމުގެ ފުރުސަތު ޒުވާނުންނަށް
​ޒުވާނުންގެ އަމިއްލަ އުފެއްދުންތެރި ވާހަކަތައް ދިވެހިބަހުން ގެނެސްދިނުމަށް ދައުލަތުގެ މީޑިއާގެ އެފްއެމް ޗެނަލް ދިވެހި އެފްއެމްއިން އިންތިޒާމުކުރާ "ވާހަކައަކީ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އުމުރުން 16 އަދި 36 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. 

މި މުބާރާތުގެ ބައިވެރިވާން އެދޭ ޒުވާނުން "ޕީއެސްއެމް އެއާ" މެދުވެރިކޮށް މިމަހުގެ 19 ވަނަ ދުވަހުގެ ދަންވަރު 12ގެ ކުރިން ނަން ނޯޓް ކުރެވޭނެ އެވެ. އެގޮތުން "ޕީއެސްއެމް އެއާ" ގެ  ވާހަކައަކީ މި ނަމުގައި ހާއްސަ ޕޭޖެއް އިންނާނެކަަމަށާއި އެ ޕޭޖަށް ނަމާއި އެޑްރެސް، އުމުރު، އަދި އައިޑީ ކާޑު ނަމްބަރު ފޮނުވުމުން މުބާރާތުގައި ބައިވެރިވާން ނަންނޯޓް ކުރެވުނީކަމަށް ދިވެހި އެފްއެމްއިން ބުނެ އެވެ. 

މި މުބާރާތުގެ ގަވައިދު ޕީއެސްއެމްގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެކަމަށް ދިވެހި އެފްއެމެއިން ބުނެ އެވެ. 

މި މުބާރާތުގައި ބައިވެރިވާން 19 ވަނަ ދުވަހު ނަންނޯޓް ކުރި ނަމަވެސް މުބާރާތަށް ވާހަކަ ހުށައަޅަން ޖެެހޭނީ ފަހުގެ ތާރީހެއްގައިކަމަށާއި އެ ތާރީހު އިއުލާންކުރާނެކަމަށް ދިވެހި އެފްއެމްއިން ބުނެ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުދިން މި މުބާރާތުގައި ބައިބެރިވާން އެދޭނަމަ ބެލެނިވެރިޔާގެ ލިޔުމުން ދޭ ހުއްދައާއެކު މުބާރާތުގައި ބައިވެރިވެވޭނެކަމަށްވެސް ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި މިއުޒިކް ޗެނަލް ދިވެހި އެފްއެމްއިން ބުނެ އެވެ. 

މުބާރާތުގެ ބައެއް އުސޫލް 

  • ވާހަކަ: ބައިވެރިޔާ އަމިއްލައަށް ނުވަތަ އެހެން މީހަކު ލިޔެފައިވާ 3 މިނެޓާއި 5 މިނެޓާ ދެމެދުގެ ވާހަކައެއް ހުށަހެޅޭނެ
  • ރެކޯޑުކުރުން: ދިވެހި އެފްއެމްގެ ސްޓޫޑިއޯ ބޭނުންކުރުމުގެ ފުރުސަތު ނުވަތަ އަމިއްލައަށް ރެކޯޑުކޮށްގެން ފޮނުވުމުގެ އިހްތިޔާރު އޮންނާނެއެވެ.
  • ވާހަކައާ ގުޅޭ ދިވެހި ލަވައެއް ހުށަހަޅަންޖެހޭނެ
  • ބްރޯޑްކާސްޓްކުރުން: ވާހަކަތައް ދުރަށް ފޮނުވަން ފަށާނީ އަންނަ ރޯދަ މަހު 

މި މުބާރާތުގެ ވަނަތައް ހޮވާނީ މުބާރާތުގެ ފަނޑިޔާރުންގެ 70 އިންސައްތަ މާކްސް އާއި އާއްމުންގެ ވޯޓުންނެވެ. އާއްމުން މުބާރާތައް ވޯޓް ދޭން ޖެހޭނީ ޕީއެސްއެމް އެއާ މެދުވެރިކޮށެވެ. 

މުބާރާތް އިނާމުތައް 

  • 1 ވަނަ: 5،000 ރުފިޔާ
  • 2 ވަނަ: 3،000 ރުފިޔާ
  • 3 ވަނަ: 2،000 ރުފިޔާ

"ވާހަކައަކީ" މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި ވާހަކަ ކިޔުމުގެ ހުނަރު ތަރައްޤީކޮށް، މުޖުތަމައަށް ފައިދާހުރި މެސެޖުތައް ފޯރުކޮށްދިނުކަމަށް ޕީއެސްއެމްއިން ބުނެ އެވެ. މި ޕްރޮގްރާމްގެ ޕްރޮޑިއުސަރަކީ ދިވެހު އެފްއެމްގެ އެހުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އާރު ޖޭ އާޝިދާ އަބްދުލް ކަރީމް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް