މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ވަރަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނޯންނާނެކަމަށެވެ. އަދި ރައްޔިތުންނާއި މުހާތަބުކޮށް ފުރަތަމަ ވާހަކަ ދެއްކި ދުވަހު ޝަރުއީ ދާއިރާ އެހިނދުން އެ ހިނދަށް މިނިވަންވެފައިވާނެކަަމަށް ވިދާޅުވި ގޮތަށް އެކަން ކުރައްވާފައިވާނޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަން ސީޔާސީ މީހުންނާއި ދިވެހި ހުތރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯޓުތަކުގައި މައްސަލަތައް އަވަސް ވެ ލަސްވެ ނުވަތަ ހުއްޓިފައި ހުރީ ރައީސް އޮފީހުން ކޯލެއް ކޮށްގެން ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންނަމަވެސް ކުރިން އއެކަން ހިންގަނީ ރައީސް އޮފީހުން އަންގާ ކޯލްތަކުންކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާއަކަށް މިހާރު ނުހިނގާނެކަމަށާއި ނުފޫޒު އެއްކިބާވެ ޝަރުއީ ނިޒާމު ހިންގުމަށް ސަރުކާރުން މި ގެންދަނީ އެތައް މަސައްކަތެއް ކުރަމުންކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ބަޖެޓް ވަކިކޮށް ބަޖެޓް ބޮޑުކޮށްދީފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ކޯޓްތަކަށް ދިމާވެފައިވާ ޖަގައިގެ ދަތިކަން ހައްލުކުރުމަށް ތަންތަން ހަދާދެމުން އަންނަކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.