މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެކެވެ. މި މީހާ އޮތީ ބާޒާރުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ ޕިކަޕެއް ތެރޭ މަރުވެފައި އޮތް ކަމަށް ބެލެވޭ މީހަކު ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މަރުވެފައި އޮއްވާ ފެނުނު މީހަކީ ބާޒާރުމަތީ މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހެއްކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެމީހުން ރޭ ގަނޑު އާއްމުކޮށް ނިދަން އަރާތަނަކީ ޕިކަޕްތައްކަމަށްވެސް އެ ސަރަހައްދުގައި އުޅޭ މީހުން ބުނެ އެވެ.