ads
މަޖިލިސް
އަބުރާބެހުމަކީ މަދަނީ ކުށެއްކަމަށް ކަނޑައެޅުމުގެ ބިލް މަޖިލީހަށް
އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެކުލަވާލާފައިވާ، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ހަމަޖެހިފައިވަނީ މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްޤަށް ޤާނޫނީ ފުރިހަމަ ހިމާޔަތް ކަށަވަރުކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ. ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މުޖުތަމަޢުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން އަބުރާބެހެވޭ ފަރާތަކަށް އެކަމުގެ ހަޤީޤަތް ހާމަކުރުމާއި، ރައްދު ދިނުމާއި، އަދި އެކަމެއް އިޞްލާޙުކޮށްދިނުމުގެ ޙައްޤު ލިބިގެންވާކަން ކަށަވަރުކުރުން ވެސް ހިމެނެއެވެ.

އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ ތަފްޞީލާއި އަބުރާބެހުން ކަމަށް ބެލެވޭނެ އެކި ޙާލަތްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އަބުރާބެހެވޭ ފަރާތުގެ ކިބައިން މަޢާފަށް އެދުމާއި، ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއާތުތަކާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތައްވެސް މި ބިލުގައި ވަނީ އެކަށައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް