ads
ރައީސް މުއިއްޒު
އިމިގްރޭޝަން ބިލް: އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާ
އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެއްވެސް ޝަރުތަކާ ނުލައި މުޠުލަޤަށް މަނާކުރުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިމިގްރޭޝަންގެ އާ ބިލުގައި ހިމަނައިފިއެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ފޮނުވި 4 ބިލުގެ ތެރޭގައި އިމިގްރޭޝަންގެ މުހިންމު ބިލެއް ހިމެނޭ ކަމަށެވެ. އަދި މިހާރު އޮތް ޤާނޫނުގައި އޮކްޓޫބަރު 7 ގެ ހާލަތާ ގުޅުވައިގެން ރާއްޖެ އެތެރެވުން ވަކި މުއްދަތަކަށް ހިފެހެއްޓިފައި އޮތް ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި އެއްވެސް ހާލަތަކަށް ރިޢާޔަތްނުކޮށް އިސްރާއީލު ޕާސްޕޯޓު މަނާކުރަން ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ފާމުކޮށް، ވަރަށް ސާފުކޮށް އަޅުގަނޑުމެން ޤާނޫނުގައި މި ބަޔާންކުރަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ ނާދެވޭނެކަން. އެއްވެސް ކަމަކާ ގުޅުވާފައެއް ނޫން. އަޅުގަނޑުމެން ޤަބޫލުކުރަނީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ސިޔާސަތަކީ ފަލަސްޠީނުގެ ހައްޤުގައި ސާބިތުވެ ތިބުން ކަމަށާއި، ބައިނަލްއަޤްވާމީ މަސްރަޙުގައްޔާއި އެކި ފޯރަމްތަކުގައި ވެސް ރާއްޖެއިން މި މައުޟޫޢުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އަލަށް އެކުލަވައިލެވޭ އިމިގްރޭޝަން ޤާނޫނުގައި މި ސިޔާސަތު ވަރަށް ސާފުކޮށް އެކަށައަޅަންޖެހޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި އިމިގްރޭޝަންގެ އާ ބިލުގައި، އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ އިތުރުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ދޫކުރާ އިންވެސްޓަރު ވިސާގެ އުސޫލުތަކަށް ވެސް މުހިންމު އިޞްލާޙުތަކެއް ގެނައުމަށް ވަނީ ހިމަނައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް