ދީނީ ގޮތުން ހަރުކަށި އަދި ހައްދުފަހަނަ އަޅާފައިވާ ފިކުރަށް ތާއިދު ކުރާ މީހުން ކައުންސިލްތަކަށް ނުހޮވޭތޯ މަސައްކަތްކުރާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Advertisement
ދީނީ ގޮތުން ހަރުކަށި އަދި ހައްދުފަހަނަ އަޅާފައިވާ ފިކުރަށް ތާއިދު ކުރާ މީހުން ކައުންސިލްތަކަށް ނުހޮވޭތޯ މަސައްކަތްކުރާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ "ވިއަވަތި ރާއްޖެ" މަހާސިންތާގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.
މިސެޝަންގައި ވަނީ ދީނީގޮތުން ހައްދުފަހަނަ އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު ދީފަ އެވެ.
މިމަހާސިންތާގައި ރައީސް ނަޝީދު ވަނީ ދިފާއީ ސަލާމަތީ އިދާރާތަކުގެ ބޭފުޅުންނާ 11 ސުވާލެއް ކުރައްވާފަ އެވެ. އަދި އެއަށްފަހު އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުންނަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ މީހުން ކައުންސިލްތަކަށް ނުހޮވޭތޯ މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ހަރުކަށި ފިކުރަށް ތާއީދުކުރާ އެއްވެސް ކައުންސިލަރަކަށް ހަމަގައިމުވެސް އަޅުގަނޑެއް ތާއީދެއް ނުކުރާނަން. އަދި އަޅުގަނޑު އެބޭފުޅުން ނުހޮވޭތޯ ބަލަންވެސް އުޅޭނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އިއްޔެގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ސީރިއާއާއި އަދި އިރާގުގައި ހިނގާދިޔަ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަންނަން ދިވެހިންގެ ތެރެއިން ޝައުގުވެރިކަން ހުރި އަދި އެކި ގޮތްގޮތުން މަސައްކަތްކުރި 423 މީހުން ތިބި ކަމަށެވެ.
މީގެތެރެއިން 173 މީހުން އެފަދަ ހަނގުރާމަ ތަކުގައި ބައިވެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖެހިގެން ހުންނަ މީހާ މަރާލުމަށްވެސް ފަސް ނުޖެހޭ ހިސާބަށް ގޮސްފައިވާ 1400 އާއި ގާތް ކުރާ އަދަދަކަށް އެ ފިކުރުގެ ދިވެހިން އެބަތިބި ކަމަށެވެ.