ads
އެސްޓީއޯގެ މަސްދަޅުތައް ގެއްލުވާލި ކައްޕިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި -- ފޮޓޯ/އެސްޓީއޯ
އެސްޓީއޯގެ މަސްދަޅުތައް ގެއްލުވާލި ކައްޕިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި
ލ. ފޮނަދޫ އެސްޓީއޯ ފިހާރައަށް ގެންދަން ހަވާލުކުރި 300 މަސްދަޅު ކޭސް އެ ފިހާރައަށް ނުދީ ގެއްލުވާލި މައްސަލައިގައި، މުދާ އުފުލި ބޯޓުގެ ކައްޕި 114،000 (އެއްލައްކަ ސާދަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، ހަ ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

މި މައްސަލައިގައި ކުށް ސާބިތުވީ ޅ. ހިންނަވަރު، މުހައްމަދު ފަޔާޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ހާދިސާ ހިނގީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެސްޓީއޯއިން ކުއްޔަށް ހިފި ބޯޓަށް، ފޮނަދޫ ފިހާރައަށް ގެންދަން އެރުވި 192،000 ރުފިޔާގެ މަސްދަޅު ކޭސްތައް އެ ރަށަށް ގެންދިޔުމަށްފަހު، ފިހާރައަށް ބޭލުމުގެ ބަދަލުގައި ކައްޕި ވަނީ ރޭގަނޑު އެހެން އުޅަނދުތަކަކަށް އަރުވައިގެން އެ ތަކެތި އެހެން ރަށަކަށް ފޮނުވާލާފައެވެ. މިކަން ހެކިންގެ ބަހުން ވަނީ ސާބިތުވެފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މައްސަލަ ނިމެން ގިނަ ދުވަސް ނެގުމާއި އޭނާގެ އާއިލީ ހާލަތަށް ބަލައި ކޯޓުން ވަނީ އަދަބުގެ ބޮޑުބައި ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ.

އެގޮތުން ކަނޑައެޅި އަދަބަކީ ހަ ދުވަހުގެ ޖަލު އަދަބެއް ތަންފީޒުކުރުން އަދި 114،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް