ads
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ
ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް އޮޑިޓް ކުރުން މުހިންމު: ގަވަރުނަރު
ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް ވެސް އޮޑިޓް ކުރަންޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މުނައްވަރު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖޭ"ގެ ހުށަހެޅުން: 

ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް

ނަތީޖާ:

ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ކޮމިޓީގައި މެންބަަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަޖެހޭ." ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން އެމްއެމްއޭއިން ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރާނެ ކަމަށާއި ނަމަވެސް ޑޮލަރުގެ ދަތިކަން ހައްލު ކުރުމަކީ އެެއް ދުވަހުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.

މީރާއިން އެންމެފަހުން ނެރުނު އިންކަމް ޓެކްސް ނުދައްކާ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިތަކެއް ހިމެނެ އެވެ. މި ލިސްޓުގައި ޖުމްލަ 43 ވިޔަފާރިއެއް ހިމެނޭއިރު، ރާއްޖޭގެ ތިން ރިސޯޓެއްވެސް ލި ލިސްޓުގައި ހިމެނެ އެވެ.

އެ ފިޔަވަޅުތަކާ އެކުގައި ވެސް ޑޮލަރުގެ ދަތިކަން ހައްލު ކުރުމަކީ މުނައްވަރު ވިދާޅުވި ގޮތުގައި އެެއް ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. 

ޑޮލަރު ލިބުން ދަތިވާ މައްސަލަ ހައްލުވާނެ ގޮތަކީ ޑޮލަރުގެ އަގު މާކެޓްގައި ބަދަލުވާން ދޫކޮށްލުން (އެކްސްޗޭންޖް ރޭޓް ފްލޯޓްކޮށްލުން) ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް