ads
ކައިވެނި
އިންނަށް ބުނުމުން ބިޓަށް ދިން އައިފޯން ހޯދަން ކޯޓަށް
ކައިވެނިކުރަން ކަމަށް ބުނުމުން ގުޅުން ބަދަހިކުރަން ދިން ކަމަށް ބުނާ އަގުބޮޑު އައިފޯނެއް ހޯދުމަށް ފިރިހެނަކު ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ދައުވާލިބުނު އަންހެން މީހާގެ ވަކީލު ފީ ދެއްކުމަށް ށ. ބިލެތްފަހީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މި މައްސަލައަކީ އިސްލާމިކް ބޭންކުގެ ފެސިލިޓީއެއްގެ ދަށުން ނަގާފައިވާ 25،112 ރުފިޔާގެ އައިފޯން 16 ޕްރޯ މެކްސް ފޯނެއް، މަކަރާއި ހީލަތުން އަތުލައި ގުޅުން ކަނޑާލި ކަމަށް ބުނެ އެ ފޯނާއި ވަކީލު ފީގެ ގޮތުގައި 10،000 ރުފިޔާ ހޯދަން އެދި ފިރިހެން މީހާ ހުށަހެޅި މައްސަލައެކެވެ. 

ނަމަވެސް އަންހެން މީހާގެ ފަރާތުން ބުނެފައިވަނީ އެ ފޯނަކީ އެއްވެސް ޝަރުތަކާ ނުލައި، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ދީފައިވާ އެއްޗެއް ކަމަށެވެ.

މައްސަލަ ނިންމައި ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއްގެ ތެރެއިން އެއްވެސް ޝަރުތަކާ ނުލައި ދޭ ހަދިޔާއެއް، ފަހުން ގުޅުން ކެނޑުމަކުން އަނބުރާ ހޯދުމުގެ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ.

އެހެންކަމުން އެ ދައުވާ ސާބިތުނުވާ ކަމަށް ނިންމައި، މައްސަލަ ކާމިޔާބުކުރި އަންހެން މީހާގެ ވަކީލު ފީގެ ގޮތުގައި 5،000 ރުފިޔާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ދައުވާކުރި ފިރިހެން މީހާގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް