ads
ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ
ގަވަރުނަރުގެ ވާހަކަތަކަށް މީރާއިން ރައްދުދީ އެތަނުން ކުރަމުން އަންނަ މަސައްކަތް ކިޔާދީފި
މީރާއިން ރިސޯޓްތައްވެސް އޮޑިޓްކުރަން ޖެހޭކަމަށް ބުނެ ގަވަރުނަރު އަހްމަދު މުނައްވަރު ދެއްކެވި ވާހަކަތަކަށް މީރާއިން ރައްދު ދީފި އެވެ.
Advertisement

އިއްޔެ ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އިސްކަންދެނީ ހަމައެކަނި ކުދި ކަންމަތީ ފިހާރަތައް އެކަނި އޮޑިޓްކުރަންކަމަށެވެ. އެހެންނަމަވެސް މީރާއިން އޮޑިޓްކުރަންވީ ރިސޯޓްތަކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ފާޅުގައި ފުރަތަމަ ފަހަރަށް ރައްދުދީ ނެރުނު ބަޔާނެއްގައި ބުނީ ކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ. 

މިގޮތުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަމުން ދަނީ ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ޤާނޫނާއި އެއްގޮތަށް ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާއަދާކުރާކަން ކަށަވަރުކުރުމަކީ މިރާ އިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެއްކަމަށް މީރާއިން ނެރުނު ބަޔާނުގައި ވެއެވެ.  އަދި އެކަމުގައި ތަފާތުކުރުން ނުގެންގުޅޭކަމަށް މީރާގެ ބަޔާނުގައިވެއެވެ.

" މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަން ފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް އަމަލުކުރަމުންދާ އުސޫލެވެ. އަދި މިރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޑްރޫވަމްންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތެކެވެ." މީރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

މިރާއިން އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ "ރިސްކް ބޭސްޑް"  އުސޫލުގެ މައްޗަށް އިންތިޒާމު ކޮށްފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޒްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކުން އޮޑިޓް ކުރުމަށް ހޮވޭ. ފަރާތްތަކެއްކަމަށް މީރާގެ ބަޔާނުގައި ވެއެވެ.

"މިގޮތުން މިރާއިން ދަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތަށްވެސް އޮޑިޓް ކުރަމުންނެވެ. އަދީ، މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިންކަންވެސް ފާހަގަ ކުރަމެވެ" މިރާގެ ބަޔާނުގައިވެއެވެ.

ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ވަނީ ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިކަމަށާއި އެގޮތުން ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދެވިފައިވާކަން މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.  އަދި މީރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން، ވިޔަފާރިތަކަށް ބޭނުންވާާ އެހީތެރިކަން ފޯރުވައިދީގެން. ޓެކްސް. ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗަށްކަމަށްވެސް މީރާއިން ބުނެ އެވެ. އެހެން ނަމަވެސް ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ދަނީ ފިޔަވަޅު އަޅަމުންކަމަށްވެސް މީރާއިން ބުނެ އެވެ. 

55%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް