ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
3 ގަޑިއިރުވަންދެން ކެފޭއެއްގައި ބަޔަކު ހިފަހައްޓާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
3 ގަޑިއިރުވަންދެން ކެފޭއެއްގައި ބަޔަކު ހިފަހައްޓާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިފްހާމް އަހްމަދު، އިފަން /  ގއ މާމެންދޫ އެވެ. މީ 19 އަހަރުގެ ޒުވާނެކެވެ. 

މީނާގެ ބަންދާއި މެދު ގޮތަށް ނިންމި ކޯޓުން އަމުރުގައިވާ ގޮތުން މީނާވަނީ ކެފޭއެއްގެތެރޭގައި ބަޔަކު ހިފަހައްޓާ މާރާމާރީ ހިންގާފައެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ޖަހާނެކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ. 

މީނާ ކެފޭތެރޭގައި 3 ގަޑިއެއްހާއިރު އަނިޔާ ލިބުނު ފަރާތް ހުއްދަނުން ގޮތުގައި ހިފަހައްޓާފައިވާކަމަށްވެސް އަމުރުގައި ވެއެވެ. އަދި މީހުންގެ ކުރިމަތީގައި އަނިޔާ ލިބުނު ފަރާތުގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް  ކޯޓު އަމުރުގައިވެއެވެ.

ފުލުހުން މީނާގެ މައްޗަށް ކުރަނީ މާރާމާރީ ހިންގުން، ބިރުދެއްކުން ޖިނާއީ މަޖުބޫރުކުރުވުން އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފަހެެއްޓުމެވެ.

ޝަރުތުކޮށް ބަންދުން ދޫކޮށްދިނުމަށް މީނާގެ ފަރާތުން ކޯޓުގައި އެދުނުނަމަވެސް ކޯޓުން ވަނީ 20 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް