ads
ފޮޓޯ: ސޯޝަލް މީޑިއާ
ޓީއެމްއޭ ސީޕްލޭން ދިޔަވި ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ ހިނގި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ކަށަވަރުވަމުންދާ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ން ބުނެފިއެވެ.
Advertisement

އެމްޓީއެސްބީން ނެރުނު ކުރު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން އުޅުމުގެ ތެރޭގައި އިއްޔެ މެންދުރު ހިނގި މި ހާދިސާގައި އެ ބޯޓުގެ އެޓެންޑަންޓަށް އަނިޔާވެގެން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް ބޯޓުން ދަތުރުކުރި އެހެން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ބޯޑުން ކަށަވަރުކޮށްދެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސީޕްލޭން ދިޔަވާން ދިމާވީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރުމުގެ ތެރޭގައެވެ. އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން އެމްއޭސީއެލްގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން ވަނީ އެ ސަރަހައްދުގައި ވަގުތުން ހަރަކާތްތެރިވެފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސީޕްލޭންގެ ބައެއް އޮތީ ފެނު އަޑީގައެވެ. އަދި ލައިފް ރިންގުގެ އެހީގައި ބޯޓުގައި ތިބި މީހުން ރައްކާތެރިކަމާއެކު ބާލަމުންދިޔަ މަންޒަރު ވެސް ފެނެއެވެ.

މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު އެނގޭ ފަރާތަކުން "ސީއެންއެމް" ވާހަކަ ދައްކަމުން ބުނެފައިވަނީ، ކްރޫ މެމްބަރަށް އަނިޔާވީ ސީޕްލޭން އެއްފަޅިއަކަށް ބަރުވި ވަގުތު ކަނދު ބިންދައިގެން ގޮސް، ކަނދާއި ބޯޓާ ދެމެދު ފިތިގެން ކަމަށެވެ. އެ މީހާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގެ އެހީގައެވެ.

އެމްޓީއެސްބީން އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް