ads
ބޭރުގެ ގައުމެއްގައި ކުއްޖަކަށް ހިމަބިހީގެ ވެކްސިން ދެނީ. - ފޮޓޯ: އޭއެފްޕީ
މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެކަކު!
މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު އެއް ކޭސް ފެނިއްޖެ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.
Advertisement

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ހަފުތާގައި ބައްޔަށް ފައްސިވި މީހާއާއެކު، މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 291އަށް އަރައިފަ އެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މި އަހަރު މިހާތަނަށް 17،524 މީހުން ޖަހާފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެ އެވެ.

ފަހަކަށް އައިސް، ކޮންމެ ހަފުތާއަކު ވެސް ހިމަބިހި ޖެހޭ މީހުންގެ އަަދަދު ވަނީ މަދުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި ބައްޔަށް ފައްސިވީ އެކަކު ކަމަށްވާއިރު، އޭގެ ޖެހިގެން އައި ހަފުތާގައި އެއްވެސް މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިނުވެ އެވެ. ނަމަވެސް މިދިޔަ މަހުގެ ތިން ވަނަ ހަފުތާގައި ތިން މީހަކަށް ބަލި ޖެހިފައިވާކަން ފާހަގަވި ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އެޗްޕީއޭއިން އެދުނީ ވެކްސިން ޖަހާފައިވާކަން ޔަގީންނުވާނަމަ، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިންގެ ދެ ޑޯޒް އަވަހަށް ފުރިހަމަކުރުމަށެވެ. 

ހިމަބިހިން ރައްކާތެރިވުމަށް، ގިނަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ދަނީ ކުރިއަށެވެ.

ހިމަބިހިން ރައްކާތެރިވުމަށް 

- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.

- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން

- ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން

ސިއްހީ މާހިރުން އަންނަނީ ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިރުޝާދު ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް