ads
މޯލްޑިވްގޭސް ފުޅިތަކެއް ޕިކަޕެއްގައި
މާދަމާ އިން ފެށިގެން ކައްކާ ގޭސް ކުރިއެކޭ އެއްގޮތަށް ލިބޭނެ: މޯލްޑިވް ގޭސް
މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކަކާ ގޭސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
Advertisement

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، މޯލްޑިވް ގޭހުން ގޭސް ވިއްކާ އަދަދު ވަގުތީ ގޮތުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުޅިއަށް ގޭސް އަޅާ އަދަދު މަދުކުރީ މިމަހުގެ 4 ވަނަދުވަހު ފެށިގެންނެވެ.  

އޭރު މޯލްޑިވްސް ގޭހުން ބުނީ އެ ބަދަލު ގެނައީ  ދަތިތަކާއެކުވެސް މޯލްޑިވް ގޭހުގެ ހިދުމަތް މެދުނުކެނޑި ރައްޔިރުންނަށް ފޯރުކޮށްދިނުމަށްޓަކައިކަމަށެވެ. 

ގޭސް ބަރުކުރާ މިންވަރަށް އޭރު ގެނައި ބަދަލުތައް:

  • 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ ހަތް ކިލޯގެ ގޭސް
  • 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭސް
  • 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭސް

މޯލްޑިވް ގޭހުން ބުނީ މާދަމާއިން ފެށިގެން ކުރި އެކޭ އެއްގޮތަށް އެއްވެސް ބަދަލެއް ނެތި ގޭސް ލިބެމުން ދާނެކަމަށެވެ. އެގޮތުން ސަޕްލައިއަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށް މޯލްޑިވް ގޭހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް