މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ދޫގަސް އުމުރުން 37 އަހަރުގެ ހަސަން އީމާން އައްބާސް އެވެ. ފުލުހުން މީމާގެ މައްޗަށް ކުރަނީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
މި މިހާގެ ބަންދު އަމުރުގައިވާ ގޮތުން މީނާ އިތުރު މީހަކާއި ބައިވެރިވެގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ބަޔަކާއިމެދު މާރާމާރީ ހިންގިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި މި މީހުން މާރާމާރީ ހިންގާފައިވަނީ ގެސްޓު ހައުސްއެއްގައެވެ.
ބަންދުގެ މަޖިލީހުގައި މި މިހާވަނީ އޭނާ ގެސްޓްހައުސްއަށް ދިޔަކަމަށް އިއުތިރާފްވެފައެވެ. އެހެންނަމަވެސް މާރާމާރީ ހިންގި ކަމަށް އޭނާ ކޯޓުގައި އިންކާރުކުރިކަމަށް ބަންދު އަމުރުގައިވެއެވެ.
ހައްޔަރާއި ބަންދު ރިކޯޑް އޮތް މި މީހާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާދީފަ އެވެ.