ދިރުވައިލައިގެން ޑްރަގު އެތެރެކުރި 62 އަހަރުގެ ދިވެއްސަކު އަތުލައިގެންފި އެވެ.

Advertisement
ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެއައި 62 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން އެފަސިންޖަރާއި ސުވާލުކޮށް އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އެގޮތުން އޭނާގެ ހަށިގަނޑުން 284.9 ގްރާމްގެ ޑްރަގުސް ނަގާފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އަދި އެތަކެތި ހުރީ 19 ބުލެޓްގައިކަމަށްވެސް ކަސްޓަމުން ބުނެ އެވެ.
އެމީހާ ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތްތަކަަށްކަމަށްވާ 117.6 ގްރާމް ކޮކެއިން، 167.30 ގްރާމް ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމުން ބުނެ އެވެ.