ads
ރޭގެ އެއްވުމުގެ ތެރެއިން. ފޮޓޯ: އަދަދު
ބިން ދޫކުރުމާއި ދެކޮޅަށް ބަހެއް ނުބުނެ ތިބޭ މީހުންނަށް އަދަބު ލިބޭނެ: ޔާމީން
ރާއްޖޭގެ އިސްތިޤްލާލު ގެއްލުވާލައި، ބިމުން ބައެއް ކަނޑައި ދިނުމަށްފަހު އެ ބިމެއް އަލުން ހޯދަން މަސައްކަތް ނުކޮށް ތިބެގެން ނުވާނެ ކަމަށާއި، މިކަމާ ދެކޮޅަށް ނުނުކުމެ ތިބޭ މީހުންނަށް ޖިނާއީ އަދަބު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
Advertisement

ޔާމީން މިހެން ވިދާޅުވީ، ރޭ އާޓިފިޝަލް ބީޗުގައި "ދިވެހީންގެ ބިން ދިވެހިންނަށް" ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އަޑުއުފުލަން އެއްވެ ތިބީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ކުލައަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި، އެއީ ޤައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން ކަމަށެވެ. މިއީ ސިޔާސީ ބައިބައިވުމެއް ނެތް ޤައުމީ އިއްތިހާދެއްގެ ފެށުން ކަމަށާއި، އެންމެން ނުކުތީ ރާއްޖެއަކީ ފުރިހަމަ ސިޔާދަތީ ބާރު އޮތް ޤައުމަކަށް ހެދުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މިއީ އެ ފަރާތްތަކުން ބަސްބުނަން ޖެހިފައިވާ ވަގުތު ކަމަށެވެ.

ފުލުހުންނާއި ސިފައިން އަދި ޕީއެންސީ މެންބަރުން އަދި މަޖިލިސް މެންބަރުންނަށް މި ދަންނަވަނީ، މިހާރު މިއީ ތިބޭފުޅުން ބަސްބުނަން ޖެހިފައި އޮތް ވަގުތު. މިކަމަށް މިހާރު ބައިވެރި ނުވާ ހަމަ ކޮންމެ މީހަކީ މި ކުށުގައި ބައިވެރިވާ މީހެއް،" ޔާމީން ވިދާޅުވިއެވެ.

ދެން ވެރިކަމަށް އަންނަ ބަޔަކު މިކަން ބަދަލުކުރާއިރު، އެ އެންމެން ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކޮށް، ޖިނާއީ ތަޙުޤީޤު ހިންގައި، ޖިނާއީ އަދަބު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ވެސް އިންޒާރު ދެއްވާފައެވެ. އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނޫން އެހެން ސަރުކާރެއް—އެއީ އެމަނިކުފާނުގެ ވެރިކަމެއް ކަމުގައި ވިޔަސް ނުވަތަ އިދިކޮޅު އެމްޑީޕީގެ ވެރިކަމެއް ކަމުގައި ވިޔަސް—ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކޮށްފިނަމަ، ދޫކޮށްފައިވާ ބިން އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް