ads
ޖެންސެން ހުއާން އޭނާގެ އަނބިމީހާއާއެކު
ޖެންސެން ހުއާން އިތުރު ތިން އަންހެނުންނާ ގުޅުން ބޭއްވިކަން ފަޅާއަރައިފި
އިންޓަނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާން، އޭނާ ތަފާތު ތިން އަންހެނަކާ އެކު ލޯބީގެ ގުޅުންތަކެއް ބާއްވާފައިވާކަން ފަޅާއަރައިފިއެވެ.
Advertisement

މި މަހުގެ ތެރޭގައި ފެންމަތިވި މި މައްސަލަތަކާ ގުޅިގެން، ކުންފުނީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދި، އޭނާއަށް މަގާމުން އިސްތިއުފާ ދޭން ވަނީ މަޖުބޫރުވެފައެވެ.

މި މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެންމަތިވީ އެންވީޑިއާގެ ކަސްޓަމަރެއް ކަމަށްވާ މެގަސްޕީޑް އިންޓަނޭޝަނަލްގެ ކުރީގެ އެގްޒެކެޓިވް އެލިސް ހުއާންއާ އެކު އޭނާ ބޭއްވި ކަމަށް ބުނާ ގުޅުމެވެ. މި ގުޅުމަކީ ގައުމީ ސަލާމަތާއި ޖާސޫސީ ކަންކަމާ ގުޅުންހުރި ކަމެއް ކަމަށް ތުހުމަތުކުރެވި، ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ.

އޭގެ ފަހުން، ނިއުޔޯކް ޓައިމްސް ނޫހުން ރިޕޯޓުކުރި ގޮތުގައި ހުއާން ވަނީ އެންވީޑިއާގެ ހެލްތު ކެއާ ބައިގެ ވައިސްޕްރެސިޑެންޓް ކިމްބަލީ ޕޮވެލްއާ އެކުވެސް ގުޅުމެއް ބާއްވާފައެވެ. ކުންފުނީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކާ އެކު މިފަދަ ގުޅުމެއް އޮތްކަން ހާމަވުމުން، މިއީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ރޮއިޓާސް ނޫހުން ހާމަކުރިގޮތުގައި، ހުއާން ވަނީ އިތުރު އެހެން މުވައްޒަފަކާ އެކުވެސް ގުޅުމެއް ބާއްވާފައެވެ. މި ތިންވަނަ ގުޅުން ހާމަވީ އޭނާ މަގާމުން އިސްތިއުފާ ދެއްވި ދުވަހުއެވެ.

މި ތިން ގުޅުމުގެ މައްސަލަ ފެންމަތިވުމާއެކު އެންވީޑިއާގެ ބޯޑުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ކޯލެޓް ކްރެސްއާ ހަވާލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ކުންފުނީގެ އިންވެސްޓަރުންނާއި ހިއްސާދާރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާއި ގާނޫނީ ފިޔަވަޅުތައް ވަނީ ކުރިމަތިލާންޖެހިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް