މި އެއްބަސްވުމަކީ ހައްޖުގެ އަޅުކަމަށް ސައުދީއަށްދާ ހުރިހާ ގައުމަކުން ކޮންމެ އަހަރަކު ވެސް ސޮއިކުރަން ޖެހޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުހައްމަދު ސައީދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާހް މަޝާތެވެ.
އަންނައަހަރުވެސް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް 1000 ކޯޓާ ވަނީ ލިބިފައެވެ. އުމުރުން ދުވަސްވީ މީހުނަށް ހައްޖަށް ދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ހައްޖު ކިއުގައި 3 އަހަރުވެފައިވާ 70 އަހަރު މަތީ އެންމެން މިއަހަރު ހައްޖަށް ގެންދަން ނިންމާފަ އެވެ.
އެގޮތުން މިއަހަރު 70 އަހަރު މަތީގެ 324 މީހުން ހައްޖަށް ގެންދާނެކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރުޒުލް އަބްދުލް ހަލީލް ވަނީ ވިދާޅުވެފަ އެވެ. އަދި މީގެތެރޭގައި 75 އަހަރުން މަތީގެ 86 މީހުން އެބަތިބިކަމަށާއި އެމީހުންނާއި އެކު އާއިލާ މީހަކަށް ހައްޖަށް ދެވޭނެކަަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ހައްޖު ކޯޕަރޭޝަނުން މދިިޔަ ހަފްތާގައި ބުނީ ހައްޖަށްދާން މިއަހަރު ފައިސާ ދައްކާ މީހުންނަށް ހައްޖަށް ދިޔުމުގެ ފުރުސަތު ލިބޭނީ 2043 ވަނަ އަހަރުކަމަށެވެ.