ads
އެއަރޕޯޓުން ލަގެޖް ޓެގު ބަދަލުކޮށް އާންމުންގެ ނަމުގައި މަސްތުވާތަކެތި ފޮނުވަނީ
ސަމާލުވޭ: އެއާޕޯޓުން ލަގެޖް ޓެގު ބަދަލުކޮށް އާންމުންގެ ނަމުގައި މަސްތުވާތަކެތި ފޮނުވަނީ
ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި މަސައްކަތްކުރާ ކޮރަޕްޓް ބެގޭޖް ހެންޑްލަރުން، ކުށެއްނެތް އާންމު ދަތުރުވެރިންގެ ފޮށީގެ ޓެގު ބަދަލުކޮށްގެން މަސްތުވާތަކެތި ފޮނުވާ މައްސަލައެއް ފަޟީހަތްވެއްޖެ އެވެ.
Advertisement

ސީޓީވީ ނިއުސްގެ "ޑަބްލިއު 5" އިން ކުރިއަށްގެންދިޔަ ބޮޑު ތަޙުޤީޤަކުން ހާމަވެފައިވާ ގޮތުގައި، މި ނުރައްކާތެރި އަމަލުގެ ސަބަބުން ސާފު ހިތަކައިގެން ދަތުރުކުރާ އެތައް ބަޔަކު އަންނަނީ ޤާނޫނީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ވެއްޓެމުންނެވެ.

މި ތަޙުޤީޤުން އެނގުނު ގޮތުގައި، އެއާޕޯޓުތަކުގެ އެތެރޭގައި އުޅޭ ފަސާދަވެފައިވާ މުވައްޒަފުން ކުރާ ކަމަކީ، އާންމު ދަތުރުވެރިންގެ ފޮށީގައި ޖަހާފައިވާ ލަގެޖް ޓެގު ނައްޓާލުމަށްފަހު، މަސްތުވާތަކެތި އަޅާފައި ހުންނަ ފޮށިތަކުގައި އެ ޓެގުތައް ހަރުކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތި އަޅާފައިވާ ފޮށިތައް ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރަނީ ކުށެއްނެތް އާންމު މީހުންގެ ނަމުގައެވެ.

މިގޮތަށް ބަދަލުކުރެވޭ ޓެގުތަކާއެކު ދަތުރުކުރާ ފޮށިތައް އެކި ޤައުމުތަކުގެ އެއަރޕޯޓްތަކަށް ފޯރުމުން، އެ ފޮށިތަކުން މަސްތުވާތަކެތި އަތުލައިގަންނަ ހިނދު، ހައްޔަރުކުރެވެނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް މައުސޫމް ދަތުރުވެރިންނެވެ. އަދި އެމީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި ތުހުމަތުތައް ކުރެވި، ހައްޔަރުކުރެވޭއިރު، މި ކުށް ކުރާ ޖިނާއީ ނެޓްވޯކްތަކާއި ކުށްވެރިން ދަނީ އަތުނުވެ ސަލާމަތްވެގެންނެވެ.

ސީޓީވީ ނިއުސްގެ "ޑަބްލިއު 5" ގެ ތަޙުޤީޤީ ރިޕޯޓުގައި ބުނެފައިވަނީ، މިއީ އެއަރޕޯޓްތަކުގެ މުވައްޒަފުންގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ސަބަބުން ނިކުންނަ ނުރައްކާތެރި ނަތީޖާއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސާފު ނިޔަތުގައި ދަތުރުކުރާ އާންމު ފަރާތްތަކަށް ބޮޑެތި އަދަބުތަކާއި ތުހުމަތުތައް އަމާޒުވަމުންދާތީ، މިއީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމުގައި ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

5%
ކަމުގޮސްފި
66%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް