ads
އައިޝަތު އީޝާ އަޝްރަފް
އީޝާގެ ނަމުގައި ފޭކު ޓިކްޓޮކް އެކައުންޓެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ އެގްޒެކެޓިވް އަދި ސިޔާސީ ދާއިރާގައި ކުރިން ހަރަކާތްތެރިވި އައިޝަތު އީޝާ އަޝްރަފްގެ ނަމުގައި ފޭކު ޓިކްޓޮކް އެކައުންޓެއް ހިންގަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް އެދިއްޖެއެވެ.
Advertisement

 އީޝާގެ ނަމުގައި އޮޅުވާލައިގެން ހިންގާ އެ އެކައުންޓަށް ސަމާލުވުމަށް އެދިފައި މިވަނީ، ސޯޝަލް މީޑިއާގައި އޭނާއަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

ދާދި ފަހުން އީޝާ ވަނީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި މައިކަލް އޯވެންއާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. މި ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތަފާތު ކޮމެންޓުތަކާއި ރިއެކްޝަންތައް ދެމުންނެވެ.

އީޝާއަކީ ރައީސް އޮފީހުގެ އެގްޒެކެޓިވް މަގާމެއްގެ އިތުރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ކުރިން އޭނާއަކީ ވެރިކަންކުރާ ޕީއެންސީގެ ޒުވާނުންގެ ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް އުޅުނު ފަރާތެކެވެ.

ފަހަކަށް އައިސް އީޝާއަށް އާންމުންނާއި މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، އޮންލައިން ނޫސް "އަދަދު" އިން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި އޭނާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ބުނެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

your imageއީޝާގެ ނަމުގައި ހަދާފައިވާ ފޭކް ޓިކްޓޮކްއެކައުންޓު ރިޕޯޓުކުރަން އޭނާ އެދިފައިވޭ

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، މައްސަލައިގެ ފުރަތަމަ އަޑުއެހުން މި ހިނގާ ދެހާސް ސައްބީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ބާއްވާފައެވެ. މި މައްސަލައިގައި އީޝާ އާއި ކުރީގެ ޕީޖީ ހުސައިން ޝަމީމް ވެސް ހިމެނިވަޑައިގަންނަވާ އޭނާގެ ވަކީލުންގެ ޓީމުން ވަނީ، ފުލުހުންގެ ތަހުގީގު ކުރިއަށްދިޔަ ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، އޭނާގެ އާއިލާ ބްލެކްލިސްޓްކޮށް، ސަރުކާރުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ބަންދުކުރަމުންދާ ކަމަށް ބުނެ، ސަރުކާރުގެ އިސް ބޭފުޅުންނަށް އީޝާ ވަނީ ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް