މި ހާދިސާ ހިނގާފައިވަނީ އޫބާއަށް ހިދުމަތް ފޯރުކޮށްދޭ ތާޑް-ޕާޓީ އޭއައި ސާވިސް ޕްރޮވައިޑަރެއް ކަމަށްވާ "ފަޔަރވޯކްސް އޭއައި" ގެ ސިސްޓަމްތަކަށް ހެކަރުން ވަދެގަތުމާ ގުޅިގެންނެވެ.
އޫބާއިން ނެރުނު މައުލޫމާތުތަކުގައިވާ ގޮތުން، މި ސައިބާ ހަމަލާގައި ގެއްލުން ލިބިފައިވަނީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި މަސައްކަތްކުރާ އެތައް ހާސް ޑްރައިވަރުންނަށެވެ. ހެކަރުން ވަނީ އެ ޑްރައިވަރުންގެ ޑްރައިވިންގ ލައިސަންސް މައުލޫމާތުގެ އިތުރުން، އެމީހުންގެ އަމިއްލަ ޒާތީ އައިޑެންޓިފިކޭޝަން ޑާޓާތައް ވެސް ވަގަށް ނަގާފައެވެ. މި ހާދިސާއާ ގުޅިގެން، ގެއްލުން ލިބުނު އެމެރިކާގެ އެކި ސްޓޭޓްތަކުގެ ޑްރައިވަރުންނަށް އެކަމުގެ މައުލޫމާތު ދީ، ޑާޓާ ބްރީޗް ނޯޓިފިކޭޝަން ވަނީ ފޮނުވާފަ އެވެ.
މި ހާދިސާއަކީ އޫބާގެ އަމިއްލަ ސިސްޓަމްތަކަށް ދެވުނު ސީދާ ހަމަލާއަކަށް ނުވި ނަމަވެސް، އެ ކުންފުންޏަށް ހިދުމަތް ދޭ ތާޑް-ޕާޓީ އޭއައި ސާވިސް ޕްރޮވައިޑަރު ފަޔަރވޯކްސް އޭއައިގެ ސެކިއުރިޓީ ފޭލިވުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ. އޫބާއިން ދަނީ ގެއްލުންވި ޑްރައިވަރުންނަށް އެކަމުގެ ނޯޓިސް ފޮނުވައި، މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.