މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު އަދި ތާރީހީ ވަގުތެކެވެ
ދަ ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ކޯޓުން އިޢުލާންކޮށްފައިވާ ގޮތުގައި، މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ގަތުލުއާއްމުގެ އަމަލުތަކެއް ހިންގާފައިވޭތޯ ކަނޑައެޅުމަށް އިއްވާ މި ފަހުގެ ހުކުމަކީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހުއްޓިފައިވާ މުހިންމު ނިންމުމެކެވެ. މި މައްސަލައިގައި އިއްެވޭ ފަހުގެ ހުކުމާއެކު، ރޮހިންޔާ މުސްލިމުންގެ އާބާދީއަށް ލިބުނު އަނިޔާތަކާ ގުޅިގެން ޤާނޫނީ ގޮތުން ގޮތްތަކެއް ކަނޑައެޅިގެންދާނެ އެވެ.
އައިސީޖޭއިން އިއްވާ މި ތާރީޚީ ޙުކުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ގާނޫނު ނެގެހެއްޓުމަށާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ އާބާދީއާ ދެކޮޅަށް ހިންގާފައިވާ ގަތުލުއާއްމުގެ މައްސަލައިގައި އިންސާފު ގާއިމުކުރުމުގެ މައިދާނުގައި އެޅިގެންދާ ވަރަށް މުޙިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
މި މައްސަލައިގެ ފަހުގެ ހުކުމް އިއްވުމަށް އައިސީޖޭއިން ތައްޔާރުވަމުންދާއިރު، މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ގާނޫނުގެ ތާރީހުގައި ލިޔެވިގެންދާނެ ވަރަށް މުޙިންމު އަދި ތާރީހީ ނިންމުމެކެވެ.