ads
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑު ސަރަަހައްދަކަށް ޔެލޯ އެލާޓް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
Advertisement

މެންދުރު 14:00 ފެށިގެން އިރު އޮއްސި 18:00 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ  ށ. އަތުޅުން  ފެށިގެން އދ. އަތޮޅުގެ ނިޔަލަށެވެ.  އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާފައި މެދު ރާއްޖެތެރޭގައި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިތިޓީ (އެންޑީއެމްއޭ) އިން ބުނީ  ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެންވަންނަމުން ދާކަމަށެވެ.

ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލްގެ އިސްނެގުމުގެ ދަށުން، ޕަންޕެއްގެ އެހީގައި ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ. އަދި އެރަށުގައި ހުންނަ އާރްޑީސީގައި ހުރި ޕަންޕުތައްވެސް ހަލާކުވެފައި ހުރުމާއެކު، ފެން ހިންދުމަށް އެމް.އެން.ޑީ.އެފް ގެ އެހީތެރިކަމަށް މިހާރު އެދިފައިވާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނީ  މި ހަފްތާގެ ފަހުކޮޅުކަމަށް މެޓް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް