ads
ރަހާ ރިސޯޓް.. ފޮޓޯ ހޮޓެެސް ޑޮޓް ކޮމް
ރީކޯ ރަހާ ރިސޯޓު 45.6 މިލިއަން ޑޮލަރަށް ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި
ރީކޯ މޫސާމަނިކުގެ ހެވީލޯޑް ކުންފުނީގެ ރަހާ ރިސޯޓު ހިންގާ 2 ބިމެއް ވިއްކާލުމަށް ސިވިލް ކޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިން ހުއްދައާއެކު، އެ ރަށްތައް ވިއްކާލަން އެ ބޭންކުން އިއުލާންކޮށްފި އެވެ.
Advertisement

ބީއެމްއެލްއިން ބުނީ ވިއްކާލަނީ ލ އަތޮޅުގެ ފަރެސްއާއި ކުޑަ ފަރެސްކަމަށެވެެ. 

އެ ބޭންކުން ބުނީ ފަރެސް އާއި ކުޑަ ފަރެސް ވިއްކާލާ ބީލަން ފެށޭ އަގަކީ 45.6 މިލިއަން ޑޮލަރެވެ. މި ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށައެޅުމަށް ބޭންކުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. 

ރީކޯ މޫސާ މަނިކާއި އޭނާގެ ތިން ދަރިންގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏަށް ބީއެމްއެލްއިން ދޫކުރި 11 މިލިއަން ޑޮލަރު ލޯނު ނުދެއްކުމުން، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ތިން ރަށް ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދިނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. 

ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި އެ ރަށްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް އޮންނާނެއެވެ. އެގޮތުން ފުރަތަމަ މަސްދުވަހުގެ ތެރޭގައި ފަށާ އަގަކީ 46,633,000 (ސާޅީސް ހަ މިލިއަން ހަ ލައްކަ ތިރީސް ތިން ހާސް) އެމެރިކާ ޑޮލަރުކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ، އަދި ފުރަތަމަ މަހު ނުވިކިއްޖެނަމަ އަގު ތިރިކުރާނީ 40,820,000 (ސާޅީސް މިލިއަން އަށް ލައްކަ ވިހި ހާސް) އެމެރިކާ ޑޮލަރަށްކަމަށާއި ދެވަނަ މަހުވެސް ނުވިކިއްޖެނަމަ އެންމެ ދަށްކޮށް ވިއްކޭނެ އަގަކީ 38,779,000 (ތިރީސް އަށް މިލިއަން ހަތް ލައްކަ ހަތްދިހަ ނުވަ ހާސް) އެމެރިކާ ޑޮލަރުކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. 

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް