ads
މީކާއީލް މަޖިލިހުން ނެރެނީ
މީކާއީލް ވިދާޅުވީ ދިވެހިންގެ ޖީބަށް ޑޮލަރު ނުވަނަސް "މަޖިލީހަށް ޑޮލަރު ވަދެއްޖެ" ކަމަށް
ދިވެހިންގެ ޖީބަށް ޑޮލަރު ނުވަނަސް "މަޖިލީހަށް ޑޮލަރު ވަދެއްޖެ" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތުކުރުމުން މަޖިލިސް ހޫނުވެ މީކާއިލް ނަން އިއްވާ ތަޅުމުން ނެރެފި އެވެ.
Advertisement

"މަޖިލީހަށް ޑޮލަރު ވަދެއްޖެ" މީކާއިލް ވިދާޅުވިއިރު، ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "އިންތިހާބީ ދައުރުގައި ސިޔާސީންގެ ރިކޯލްއެއް ނެގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"

ހުށަހެޅުން:

ނަތީޖާ:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ވޯޓް ދިން މީހުންގެ 50 އިންސައްތަ އާއެކު 1 ވޯޓުން އިންތިހާބުވާ މީހުން ހޮވުން

ރަސްމާލެއިން ބައެއް ޔޫއޭއީގެ އީގަލްހިލްސްއަށް ދިނުމަށްޓަކައި ސަރުކާރުން ހުށަހެޅި 'ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލު'ގެ ބަހުސްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ބިލުގެ ނަން މާ ރީތިކޮށްގެން މަޖލިހަށް ވެއްދިޔަ މި ބިލުގެ މަގުސަދު ދިވެހިންނަށް ސާފުވާކަމަށެވެ. 

މީކާއީލް ވިދާޅުވީ ސަރުކާރުން ހުށައެޅި މި ބިލުގެ މަގުސަދަކީ ދިވެހިންގެ ބިމަށް ގާނޫނުއަސާސީން ދީފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީފައިވާކަމަށް މީކާއިލް ތުހުމަތު ކުރެއްވި އެވެ. އަދީ ލަދުވެތި ދުވަހެއްކަމަށް މީކާއިލް ވިދާޅުވި އެވެ. 

" އަޅުގަނޑު މި ހަދަނީ ތެދު، އަޅުގަނޑު މި ހަދަނީ ތެދު، ދިވެހިރާއްޖެއަށް ޑޮލަރު ވަދެއްޖެ، މި ރައްޔިތުންގެ މަޖިލީހަށް ޑޮލަރު ވަދެއްޖެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ނުވަނަސް މި ރައްޔިތުންގެ މަޖިލިސް ޑޮލަރުން ތިޔާގިވެއްޖެ، މި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ޑޮލަރުން ތިޔާގިވެއްޖެ، ދިވެހިންގެ ބިން ވިއްކާލަން ތައްޔާރުވެއްޖެ،" މީކާއީލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ރަސްމާލެ އީގަލްސް ހިލްސްއަށް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ ދިވެހި ނިކަމެތިކޮށްފައިކަމަެވެ. އެގޮތުން ސަރުކާރުން ރައްޔިތުންގެ "ހުސްނުވާ އާސަންދަ ކަނޑާލަން ދަނީ ތައްޔާރުވަމުން އަންނަކަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަލާލުމުން އެނގޭކަމަށް މީކާއީލް ވިދާޅުވި އެވެ. އަދި ސަރުކާރުން ދަނީ އީގަލް ހިލްސްއަށް ހުސްނުވާ 99 އަހަރަށް ދިވެހިންގެ ފަސްގަނޑު ދިވެހިންގެ ބިން މިލްކުކޮށްދިނުމަށް ތައްޔާރުވަމުންކަމަށްވެސް މީކާއިލް ވިދާޅުވި އެވެ. 

"މިކަން މި ކުރަނީ ދިވެހީން ބޭހަށް ޖައްސާފައި. ދިވެހީން ގޭހަށް ޖައްސާފައި. ދިވެހީން ޑޮލަރަށް ޖައްސާފައި. މާލިއްޔަތުގައި ހުރި މަދު ޑޮލަރު ބޭނުންކޮށްގެން ތަނެއް ހިއްކާފައި މިއަދު އެތަން ވިއްކާލަނީ،" މީކާއީލް ވިދާޅުވި އެވެ.

‎‎ސަރުކާރުން ހާމަކޮށްފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި، 500 ހެކްޓަރުގެ ބިން އާދައިގެ ރިސޯޓުތަކުގެ ގޮތުގައި ދޫކޮށްގެން 99 އަހަރުން ދައުލަތަށް ލިބޭނީ އެންމެ ގިނަވެގެން 514 މިލިއަން ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް