ads
ތަގައްޔަރުވެގެން ކުޑަކުދިންގެ ކިރުގެ ބައެއް ބެޗްތައް ނަގަން އަންގައިފި
ސަމާލުވޭ: ތަގައްޔަރުވެގެން ކުޑަކުދިންގެ ކިރުގެ ބައެއް ބެޗްތައް ބާޒާރުން ނަގަން އަންގައިފި
ނުރައްކާތެރި މާއްދާއަކުން ތަގައްޔަރުވެފައިވާ ކަމަށް ޝައްކުކުރެވޭ ކުޑަކުދިން ބޯ ކިރުގެ ވަކި ބެޗުތަކެއް ބާޒާރުން ނެގުމާ ގުޅިގެން، ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާތަކުން ވަނީ އާންމު ސަމާލުކަމުގެ އެލާޓެއް ނެރެފަ އެވެ.
Advertisement

މިގޮތުން ބާޒާރުން ނެގުމަށް އަންގާފައިވަނީ މަޝްހޫރު ކިރުގެ ބްރޭންޑްތައް ކަމަށްވާ "އެޕްޓަމިލް" އަދި "ކައު އެންޑް ގޭޓް" ގެ ކުޑަކުދިންގެ ކިރުގެ ވަކި ބެޗުތަކެކެވެ.

އިނގިރޭސިވިލާތުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި އުފެއްދުންތައް ބާޒާރުން ނަގަން އަންގާފައިވަނީ ސިއްހަތަށް ނުރައްކާތެރި މާއްދާއެއް ކަމަށްވާ "ސެރިއުލައިޑް" (cereulide) އިން މި ކިރުގެ ބެޗުތައް ތަގައްޔަރުވެފައިވުމުގެ ފުރުސަތު އޮތުމުންނެވެ. މިއީ ކުޑަކުދިންގެ ހަށިގަނޑަށް އެތެރެވުމުން ސިއްހީ ގޮތުން ނުރައްކާތެރި މާއްދާއެކެވެ.

މި ކަމާ ގުޅިގެން ކަންކަން ބަލަހައްޓާ އިދާރާތަކުން ވަނީ ބެލެނިވެރިންނަށާއި ކިރު އެތެރެކުރާ ފަރާތްތަކަށް ހާއްސަ އިންޒާރެއް ދީފައެވެ. އެގޮތުން، ކުޑަކުދިންނަށް ބަނޑުގެ ބަލިތައް ޖެހުމުން ރައްކާތެރިކުރުމުގެ ގޮތުން، ކިރު ބޭނުންކުރުމުގެ ކުރިން އަދި އެތެރެކުރުމުގެ ކުރިން އޭގެ ބެޗް ނަންބަރުތައް ރަނގަޅަށް ޗެކްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އެލާޓާ ގުޅިގެން، ބެލެނިވެރިންނާއި ވިޔަފާރިވެރިންވެސް ކިރުގެ ބެޗް ނަންބަރުތަކަށް ހާއްސަ ސަމާލުކަމެއް ދީ، ތަގައްޔަރުވެފައިވާ ބެޗުތަކުގެ ކިރު ކުޑަކުދިންނަށް ނުދިނުމަށާއި، މިފަދަ ކިރު ބާޒާރުގައި ނުވިއްކުމަށް ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާތަކުން ވަނީ އިރުޝާދު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް