ads
އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް ފަށާނީ އަންނަ ޑިސެމްބަރު މަހު.
އެމްއެމްއޭ ރިސާޗް ކޮންފަރެންސް ހާއްސަކުރަނީ އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް
ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ހާއްސަކޮށްގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެންބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

މި އަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ އިގްތިސާދީ އަދި މާލީ ހަމަޖެހުން ގާއިމުކުރުމަށެވެ. މި ކޮންފަރެންސްގައި ދިރާސާކުރާ ފަރާތްތަކާއި، އިލްމީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަނެ، މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތައް ހުށަހެޅުމެވެ. އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި މި ބައި ކުރިއަށްދާނީ އެ އޮތޯރިޓީގެ އިމާރާތުގައެވެ. އަދި ކޮންފަރެންސްގެ މައިގަނޑު އެޖެންޑާގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ދިރާސާވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ފަންނީ މާހިރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ. ހަމައެއާއެކު، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާއަށް ބޭނުންވާ ފަދަ މުހިންމު ދިރާސާތައް އިތުރުކުރުމަށް ހިތްވަރުދިނުމެވެ. ހާއްސަކޮށް، ރާއްޖެ ފަދަ ނާޒުކު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އިލްމީ ހައްލުތައް މި ބައްދަލުވުމުގެ ތެރެއިން ހޯދިގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

މިއީ އެމްއެމްއޭއިން ވިދިވިދިގެން މި ކޮންފަރެންސް ބާއްވާ ތިންވަނަ އަހަރެވެ. މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މި ކޮންފަރެންސްގެ ވީޑިއޯ މި ލިންކު މެދުވެރިކޮށް ބަލާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް