ރޭގެ ލަސް ވަގުތެއްގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ގެންދެވި ދަބަހަކީ އާރަށުގައި ކުޅެން ހުންނަވައިފައި، ކުޅެން ބޭނުންކުރެއްވި ބޫޓާއެކު ގެންނެވި ދަބަހެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Advertisement
މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައި މިވަނީ ރޭގެ ވަގުތެއްގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ކަޅު ބޮޑު ދަބަހެއް އަޅުއްވައިގެން މަޖލީހުން ނުކުންނަވާ ވީޑިއޯތަކެއް އާއްމުވެފައި ވަނިކޮށެވެ.
އެކަން ހިނގިގޮތް ސާފުކޮސް ދެއްވާކަމަށް ކަމަށް ވިދާޅުވެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދަޅުވީ އެ ދަބަހުގައި ޑޮލަރު ހުރިކަމަށް ބުނެ ދައްކަނީ މުޅިން ބުހުތާނު ދޮގު ވާހަކަކަތަކެއްކަމަށެވެ. އަދި އެ ދަބަހުގައި އޮތ ބޫޓެއްކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
" ރޭގައި ހައުސިން މިނިސްޓަރު މިތަނަށް ކަޅު ދަބަހެއް ހިފައިގެން އައި ވާހަކަ އަޑުގަދަކޮށް ދައްކަވާއިރުގައި އެމަނިކުފާނު އާރަށުގައި ކުޅެން ހުރެފައި ބޫޓާއެކު ގެނައި ދަބަހެއް ދަބަހަކީ، އާރަށުގައި އައިގޮތަށް މިތަނަށް އައީ އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އައީ. ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަ." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.