ads
ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ މޫސުން އިތުރަށް ގޯސްވެގެންދާނެ: ނާސާ
ނާސާގެ އިންޒާރެއް: ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ މޫސުން އިތުރަށް ގޯސްވެގެންދާނެ
ހަލުވިކަމާއެކު ބާރުގަދަވަމުންދާ 2026 ވަނަ އަހަރުގެ އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ މޫސުން އިތުރަށް ގޯސްވެގެންދާނެކަމުގެ އިންޒާރު އެމެރިކާގެ ބޭރު ފަޒާޔާ ބެހޭ އިދާރާ، ނާސާއިން ދީފި އެވެ.
Advertisement

ނާސާގެ ސެޓެލައިޓް އޮބްޒަވޭޝަންތަކަށް ބިނާކޮށް 15 ނޮވެމްބަރު 2026 ގައި އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، މިފަހަރުގެ އެލްނީނޯއަކީ 1997 ވަނަ އަހަރު ފެނުނު ތާރީޚީ އެލްނީނޯއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ވެސް ބާރުގަދަ ހާދިސާއަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި އިކުއޭޓަރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ފިނިހޫނުމިނަށް އައިސްފައިވާ އާދަޔާ ޚިލާފު ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ މޫސުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. މިފަދަ ކަނޑުގެ ފިނިހޫނުމިނުގެ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހުމާއި، ނުރައްކާތެރި ތޫފާންތައް އުފެދުމުގެ އިތުރުން ގެއްލުންދެނިވި ބޮޑެތި ރާޅުތައް އުފެދުމުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

2026 ވަނަ އަހަރުގެ އެލްނީނޯގެ ބާރު އަވަސް މިންގަނޑެއްގައި އިތުރުވަމުންދާއިރު، މިއީ ވޭތުވެދިޔަ އަހަރުތަކުގައި ފެނުނު މޫސުމީ ގޮތުން އެންމެ ނުރައްކާތެރި އެއް ހާދިސާއަށް ވެގެންދާނެ ކަމަށް ސެޓެލައިޓް މައުލޫމާތުތަކުން ދައްކަ އެވެ. މި ހާދިސާއާ ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުމަށް އަންނާނެ ބަދަލުތަކަށް ސަމާލުވުމަށް ނާސާގެ މައުލޫމާތުތަކުން ވަނީ އިންޒާރު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް