އާންމުކޮށް ވިޔަފާރިވެރިން އުފެއްދުންތަކުގެ ރަނގަޅު ވާހަކަ ދައްކައިގެން މުދާ ވިއްކުމުގެ ބަދަލުގައި، މި މީހާ ބޭނުންކުރަނީ އިދިކޮޅު ނަފްސާނީ އުކުޅެކެވެ.
މި ވިޔަފާރިވެރިޔާ އޭނާ ވިއްކާ ސްކާފްތަކަށް މަޖާ ގޮތަކަށް މަލާމާތްކޮށް ވާހަކަދައްކާއިރު، މި ތަފާތު ވައްޓަފާޅީގެ ސަބަބުން ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް އޭނާއަށް ވަނީ ލިބިފަ އެވެ.
އާންމުކޮށް ވިޔަފާރިވެރިން ކަސްޓަމަރުން ގަޔާކުރުމަށްޓަކައި ކުރާ ތައުރީފުތަކުގެ ބަދަލުގައި، އޭނާގެ އަމިއްލަ އުފެއްދުންތަކަށް ނިސްބަތްކޮށް ދައްކާ މަޖާ ވާހަކަތައް އަޑުއެހުމަށާއި ސްކާފް ގަތުމަށްޓަކައި ކޮންމެ ދުވަހަކުވެސް ސަތޭކައިން މީހުން އޭނާގެ ފިހާރަ ކައިރިއަށް އެއްވެ އެވެ.
ސޯލްގެ ނަމްދޭމުން މާކެޓުގައި މި މީހާ މުދާ ވިއްކާ މަންޒަރު ފެންނަ ވީޑިއޯތައް އިންޓަނެޓުގައި އާންމުވުމާއެކު، އޭނާގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. އަމިއްލަ މުދަލަށް މަލާމާތްކޮށްގެން ވިޔަފާރި ކުރި ނަމަވެސް، މި އުކުޅުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބި، ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ސަމާލުކަން ހޯދާފަ އެވެ.